ހަންކެނޑެ ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓްވި މީހަކަށް ފަރުވާދެނީ

މ
6 މެއި 2025 15:491 މިނިޓުގެ ކިޔުން
Aa

އައްޑޫ ސިޓީ، ހަންކެނޑެ ބްރިޖުގައި ބާރު ސްޕީޑްގައި ސައިކަލެއް ދުއްވާފައި ދަނިކޮށް ބްރިޖްގެ ފެންސުގައި ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު ހިތަދޫއިން މަރަދޫ އަށް ބްރިޖުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފެންސުގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އެ އެކްސިޑެންޓުގެ ވީޑިއޯ ތަކެއް ދައުރުވަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސައިކަލައި ދިޔައީ ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވެސް ވެއްޓިފައި އޮތްއިރު އެކަކު އޮންނަނީ ފެންސުގެ ބޭރުގަ އެވެ.

ބެލެވޭ ގޮތުގައި ބޮޑަށް އަނިޔާވެފައި ވަނީ އޭނައަށެވެ. އެ މީހާ ވެއްޓިފައި އޮތް ތަނުގައި ގިނަ އަދަދަކަށް ލޭ ވެސް ހުއްޓެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.