ބޮޑު ބަޔަކަށް މޫސުން ގޯސް ވެއްޖެ، މޫސުން ރަނގަޅުވަނީ ހުކުރު ދުވަހު

މ
7 މެއި 2025 10:251 މިނިޓުގެ ކިޔުން
Aa

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އިން މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

މިއަދު 6:30 އިން 11:30 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށުމުގެ މަރުހަލާގައި ކުރާ ވިއްސާރައެއް ކަމަށް މެޓުން ބުންޏެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މާދަމާގެ ނިޔަލަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށާއި އެކަމަކު ހުކުރު ދުވަހު މަޑުމަޑުން މޫސުން ރަނގަޅުވަމުންދާނެ ކަމަށް މެޓުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.