މޯލްޑިވްސް 2.0 ބޭނުމަކީ އީ ވޯޓިންއެއް ނޫން" އިހުސާން

މ
10 މެއި 2025 11:321 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް2.0 ބޭނުމަކީ އީ ވޯޓިން އެއް ނޫން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެެވެ.

މޯލްޑިވްސް2.0 އީ ވޯޓިން ތައާރަފުކޮށް ވޯޓު އޮޅުވާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި އިދިކޮޅުން ދަނީ ސިފަކުރަމުންނެވެ.

ނަމަވެސް އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްަޓެއްގައި ވިދާޅުވީ މޯލްޑިވްސް2.0 އަކީ ކޮރަޕްޝަން ނައްތާލުމަށް ގެންނަ ނިޒާމެއް ކަމަށެވެ. އަދި ހިދުމަތްތައް ލިބިދިނުގައި ރައްޔިތުންނަށް ލުއިފަސޭހަތައް ހޯދައިދިނުން ކަމަށް އިހުސާން ވިދާޅުވި އެވެ.

”ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ،“ މިނިސްޓަރު ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންގެ ހައްގުގައި ބައެއް ކަހަލަ ސިޔާސީ ދެބަސްވުންތައް މުޅިން އެއްފަރާތް ކޮށްލަންޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

”މިއީ އެފަދަ ކަމެކެވެ،“ ރާއްޖެ ޑިޖިޓަލް ކުރުމަކީ ރަނގަޅު މަގުސަދެއް އޭގެ ފަހަތުގައި އޮތް ކަމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.