މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި

މ
16 މެއި 2025 19:011 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަށް މުސާރަ ނުދޭތީ އޭނާ އެމްޕޯލައިމެންޓް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ނުބަލައި ބޭރުކޮށްލައިފި އެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން މައްސަލަ ބާލުކުރިކަން އަންގާ ލިޔުމުގައި ބުނެފައިވަނީ ޔުނައިޓެޑް ކިންގްޑަމްގެ ރައްޔިތެއްކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަންގެ ފަރާތުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްއަށް ރައްދުވާ ގޮތަށް 07 އެޕްރީލް 2025 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށްވެފައި، އެ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހިބަހުން ވާހަކަ ދެއްކޭނެ މީހެއް ކަމުގައި ނުވާތީ ”ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ގަވާއިދު“ގެ ދަށުން ތަރުޖަމާނަކު ހަމަޖެއްސުމަށް ދެވުނު މުއްދަތުގައި ތަރުޖަމާނަކު ހަމަޖައްސާފައިނުވާތީ މައްސަލަ ބާތިލުކުރާ ކަމަށެވެ.

ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޮއެލް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްމަހުގަ އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.