ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި

މ
20 މެއި 2025 12:361 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު މ. މުލި އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

ރައީސް އެ އެއާޕޯޓް ހުޅުވައިދެއްވީ މުލީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރައީސް މުއްޔަށް ވަޑައިގަތީ މިއަދު ހެނދުނެވެ.

އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން އެ ރަށު ކައުންސިލާއި އެ ރަށު ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މުލި އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގަ އެވެ.

މުލީގެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. އެމްޓީސީސީއާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ބިން ހިއްކައިގެން 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.