އިހަވަންދޫ މަގުތައް ތާރު އަޅައިގެން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހއ. އިހަވަންދޫގެ މަގުތައް ތާރު އަޅައިގެން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރެވެ.

އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އާރުޑީސީގެ އިސް ބޭފުޅުންގެ އިތުރުން އިހަވަންދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުއަކީ ކުރީ ސަރުކާރުގައި 2 އޭޕްރިލް 2023 ގައި އާރުޑީސީއާ ހަވާލުކުރި މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ހަވާލުކުރީ 102.8 މިލިއަން ރުފިޔާއަށެވެ.

އާރުޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށީ އޭގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންގެ މަސައްކަތްތައް ނިމި އަދި ބޭނުންވާ މުވައްޒަފުންވެސް ނެގުމަށްފަހު ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.