ޑިންގީއެއްގައި ލޯންޗަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ފަސް މީހަކަށް އަނިޔާވެއްޖެ

މ
21 މެއި 2025 09:371 މިނިޓުގެ ކިޔުން
Aa

ޅ. އަތޮޅު ގާއެރިފަޅު ކައިރީ ފީނަން އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކު ޒަހަމްވެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 12:33 އެހާކަންހާއިރު ކަމަށެވެ.

”މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެފައިވޭ. އޭގެތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،“ ފުލުހުން މީޑިއާތަކަށް މި ހާދިސާއާ ބެހޭ ގޮތުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.