ގެނބުނު މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި

މ
19 މެއި 2025 12:071 މިނިޓުގެ ކިޔުން
Aa

ނޯތު ހާބަރު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ގެނބެނިކޮށް ސަލާމަތްކުރި މީހާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިއްޔެ 11:30 ހާއިރު ހިނގި އެ ހާދިސާގައި ގެނބުނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެބެނިކޮށް ސަލާމަތްކޮށްދިނީ ރާއްޖޭގެ ސާފިން ޗެމްޕިއަން އަބްދުﷲ އަރީފް (ފުކޫ) އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ ގެނބުނު މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

ނޯތު ހާބަރު ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ސަރަހައްދެއް ނޫނެވެ. އެއީ ގިނަ އަދަދެއްގެ ލޯންޗުތަކާއި އެހެނިހެން ކަނޑު އުޅަނދުތައް ދަތުރުފަތުރުކޮށް ހަދާ ސަރަހައްދެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.