ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް

މ
15 މެއި 2025 09:22އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

ދިވެހި އާއިލާތަށް ބަދަހިވެ ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުކާލާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އާއިލާތަކުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ، އާއިލާތަކުގެ ދުވަހު ދިވެހި ކޮންމެ އާއިލާއަކަށް އެ މަނިކުފާނު އެދެނީ ފަހިކަމާއި ފާގަތިކަން ކަމަށެވެ. އަދި އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަސްރާއި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.