ޣައްޒާގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަ ކޮށްލާފައިވާ ކަމަށް ނަތަންޔާހޫ ބުނެފި

މ
28 މެއި 2025 23:121 މިނިޓުގެ ކިޔުން
Aa

ހަމާސް އިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.

މުހައްމަދު ސިންވާރަކީ އަވަހާރަކޮށްލާފައިވާ ހަމާސް ޖަމާއަތުގެ ކުރީގެ ލީޑަރު ޔަހްޔާ ސިންވާރުގެ ކޮއްކޮ އެވެ.

”އަހަރެމެން މުހައްމަދު ދައިފް، އިސްމާއިލް ހަނިއްޔާ، ޔަހްޔާ ސިންވާރު އަދި މުހައްމަދު ސިންވާރުވެސް މަރާލައިފިން،“ އިޒްރޭލުގެ ގާނޫނު ހަދާ މަަޖިލީހުގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނެފައިވެ އެވެ.

އިޒްރޭލުގެ މީޑިއާ އިން މީގެ ކުރިން ވަނީ މި މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގެ ދެކުނުގައި ދިން ހަމަލާތަކެއްގައި މުހައްމަދު ސިންވާރު އަވަހާރަކޮށްލި ކަމަށް ބުނެފަ އެވެ. ނަމަވެސް އިޒްރޭލުގެ ސިފައިން އެކަން އޭރު ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.