ރައުދުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި

މ
26 މެއި 2025 13:07އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ރައުދުގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ކޮން ދައުވާއެއް ނުވަތަ ދައުވާތަކެއް ކަމެއް އަދި ނޭނގެ އެވެ. ފުލުހުންވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންވެސް އެކަން ހާމައެއް ނުކުރެ އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ. އެ ފަހުން ހަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މި މަހުގެ 22 ވަނަ ދުވަހު ރައުދު ދޫކޮށްލި އެވެ. ދޫކޮށްލި ދުވަހު ފުލުހުން ވަނީ އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.