ޒަމްޒަމް ފެނުގެ ނަމުގައި އިސްކުރު ފެން ވިއްކަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މ
29 މެއި 2025 11:15އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކަމުންދިޔަ މީހަކު ޔޫއޭއީން ހައްޔަރުކޮށްފި އެވެ.

ފްލެޓެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް ފެން އުފައްދާ ފެސިލިޓީއެއް ހަދައިގެން އުޅުނު އެ މީހާ ހައްޔަރުކުރީ ޝަރްޖާ ސިޓީ މުނިސިޕަލްޓީ ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ އެކަން ކުރަމުންދިޔަ ފްލެޓް ތެރެއިންނެވެ.

އެގޮތުން އެ އޮޕަރޭޝަންގައި ޒަމްޒަމް ފެން ކަމަށް ލޭބަލް ކޮށްފައިވާ ކާޓޮންތަކަކާއި ފެންފުޅިތަކެއް ފެނުނު އިރު، އެކަން ކުރަމުންދިޔައީ އެއްވެސް ކަހަލަ ސާފުތާހިރު ކަމެއް ނެތި އެވެ. އަދި އެ ފެން އެ މީހާ އިސްތިހާރު ކުރަމުންދިޔައީ ސޯޝަލް މީޑިއާގައި އަގުބޮޑު ކޮށެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ހައްޔަރުކުރި މީހާގެ ފެން ފެސިލިޓީގައި ހުރި ހުރިހާ އެއްޗެއް ގެންގޮސް، އެތަން ބަންދުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.