އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން

މ
29 މެއި 2025 16:161 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް، އައިޝާ ނޫރްއައިން ޖަނާހު އައްޔަން ކުރައްވައިފި އެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނީ ނޫރައިން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.

ނޫރައިންއަކީ ރައީސް މުހައްމަދު މުއިއްޒުގެ ޓްރޭޑް އަދި އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލަފާއެރުވުމަށް ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓަށް އައްޔަން ކުރައްވާފައިވާ، ހޮޓަލް އެންޑް ރިސޯޓް ކުންފުނީގެ ވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރައިން ވަނީ މި ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޗެއާޕާސަންގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. ނޫރައިން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 ޑިސެމްބަރު 2023 ގަ އެވެ. ނަމަވެސް އޭނާ ވަނީ 21 މޭ 2024 ގައި އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.