ޗައިނާގެ ޝިއަންމެން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ޗައިނާގެ ޝިއަންމެން އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.

ޝިއަންމެން އެއާ އިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީން ސީދާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށެވެ.

ޝިއަންމެން އެއާގެ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަތެވެ.

ޝިއަންމެން އެއާއިން ރާއްޖެއަށް ކުރަނީ ހަމައެކަނި ޗާޓަރު ދަތުރުތަކެކެވެ. އެ އެއާލައިންގެ ފުރަތަމަ ފުލައިޓުން ރާއްޖެއަށް 230 ފަތުރުވެރިން އައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޗައިނާ އިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ޗައިނާގެ ހޮންގް ކޮންގް އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފައެވެ. ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު މިހާރު ފަހަކަށް އަރައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.