50 އަށްވުރެ ގިނަ އަންހެނުން ރޭޕްކުރި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

މ
25 މެއި 2025 09:061 މިނިޓުގެ ކިޔުން
Aa

ޖަޕާނުގައި 50 އަށްވުރެ ގިނަ އަންހެނުން ރޭޕްކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ 54 އަހަރުގެ ފިރިހެނެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެ އަމަލުތައް ފަޅާއެރީ އޭނާ ދުއްވާ ޓެކްސީއަށް އެރި އަންހެނަކަށް މަސްތުވާތަކެތި ދީ އޭނާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ހިންގި ތަހުގީގުންނެވެ.

ޖަޕާނުގެ ޕޮލިހުން ހިންގި ތަހުގީގުގައި ހައްޔަރުކުރި މީހާގެ އަތުން އަންހެނުންނާއެކު ބަދުއަޚުލާގީ އަމަލު ހިންގާ 3،000 ފޮޓޯއާއި ވީޑިއޯ ހުއްޓެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އަންހެނުން ރޭޕް ކުރަނީ ނިދާ ބޭސް ދިނުމަށްފަހު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.