މާފުށީގައި މި އަހަރު ތެރޭ ޑޮލަރު އޭޓީއެމްއެއް ހުޅުވާނަން: ރައީސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ ’ރައީސް ޖަވާބު‘ ޕްރޮގްރާމުގައި މާފުށީގެ ރައްޔިތަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ, މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

”އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. އެކަމަށް ވަރަށް މަސައްކަތް ކުރާނަން,“ ރައީސް ވިދާޅުވި އެވެ.

ރާއްޖެގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ މާފުށީގައި 59 ގެސްޓްހައުސް ހިންގައެވެ. އެ ރަށަކީ ގެސްޓްހައުސްތަކުން ދައުލަތަށް އެންމެ ބޮޑު އަދަދަކަށް ޓެކްސް ދައްކާ ރަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.