ޝެއިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާ ކުރަނީ

މ
11 ޖޫން 2025 11:361 މިނިޓުގެ ކިޔުން
Aa

ޝެއިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހިދުމަތް ޖަމިއްޔާއިން ބުނެފި އެވެ.

ދީނީ ދައުވަތު ދެއްވުމަށް އިއްޔެ ހަވީރު މެލޭޝިއާއަށް ކުރެއްވި ދަތުރުގައި، އެއާޕޯޓުގައި ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހި ފަރީދު ވަނީ ނިޔާވެފަ އެވެ. ފަރީދުގެ ކަށު ނަމާދު ކުރުން މިއަދު މެލޭޝިއާގައި އޮންނާނެ އެވެ.

ފަރީދު މަސައްކަތް ކުރައްވަމުން ގެންދިޔަ ހިދުމަތް ޖަމިއްޔާއިން ބުނީ ބަންގުލަދޭޝްގައި ފަރީދުގެ ހަނދާނުގައި ބިނާކުރަން ނިންމާފައިވާ މިސްކިތައް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ފަރީދުގެ ހަނދާނުގައި ބިނާ ކުރާ މިސްކިތުގެ ޖާގައިގެ އަދަދަކީ 455 މީހުން ކަމަށާއި މިސްކިތުގެ ބޮޑުމިނުގައި 250 ސްކޮއާ މީޓަރު ހުންނާނެ ކަމަށް ހިދުމަތް ޖަމިއްޔާއިން ބުންޏެވެ. އެ މިސްކިތައް ބިނާކުރުމަށް 760،000ރ. ހަރަދުވާނެ ކަމަށް ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.