އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި

މ
6 ޖޫން 2025 11:221 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި އިތުރު ފަހި ފުރުސަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިއުމަތް، މާތް الله މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދުއާކުރައްވައިފި އެވެ.

ރައީސް އެގޮތަށް އެދިވަޑައިގަތީ މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވެވި ހެޔޮއެދުމާއި ތަހުނިޔާގަ އެވެ.

ރައީސްގެ ތަހުނިޔާގެ މެސެޖުގައި އަޟުހާ އީދުގެ ރޫހުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މި އުފާވެރި މުނާސަބަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

އަދި މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ހައްޖުވެރިންނަށް މަބްރޫރް ހައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުއާ ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.