އަކްރަމާއި އާރިފުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

މ
3 ޖޫން 2025 14:271 މިނިޓުގެ ކިޔުން
Aa

ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ ކުރީގެ އިސް އެހެން ތިންވެރިއެއްގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށް އެދި އޭސީސީން، ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެކިގަރީނާއިން އެނގޭތީ، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް މުޙައްމަދު އާރިފް، ހައުސިން މިނިސްޓްރޫގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު ވިޝާން ނަސީމްގެ މައްޗަށް ކަމަށެވެ.

އެ ހުރިހާ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގެ ދައުވާކަމަށް އޭސީސީން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުގައި ”ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު“ ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކަންވެސް ތަހުގީގު ކުރަމުންދާކަމަށް އޭސީސީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.