ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖޭގެ ހުރިހާ ސިޓީއަކަށް ތައާރަފުކުރާނަން: ރައީސް

މ
3 ޖޫން 2025 14:541 މިނިޓުގެ ކިޔުން
Aa

ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖޭގެ ހުރިހާ ސިޓީއަކަށް ތައާރަފުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބައިސްކަލު ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިސްކަލު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބައިސްކަލުން ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރުން ކަމަށެވެ. ރައީސް ވިދާޅުވީ ބައިސްކަލުގައި ދަތުރު ކުރުމުގެ ސަބަބުން ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި، ފެހި ރާއްޖެއަކަށް، ރާއްޖެ ވެގެންދާނެ ކަމަށެވެ.

އުޅަނދުފަހަރުތައް ގިނަވުމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ތޮއްޖެހެމުންދާއިރު، އެއްގަމު ދަތުރު ކުރަން ބޭނުން ކުރާ އުޅަނދުތައް ބަދަލު ކުރުމަށް ވިސްނަން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ދިވެހި ސަރުކާރުން ބައިސްކަލު ދުއްވޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.