ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި

މ
7 ޖޫން 2025 00:361 މިނިޓުގެ ކިޔުން
Aa

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން، (އައިއެލްއޯ)ގެ އޮބްޒާވާ ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަންފި އެވެ.

ޖެނީވާފައި ހުންން އދ. އޮފީހުގައި މިއަދު ވަނީ ފަލަސްތީނަށް އޮބްޒާވާ ސްޓޭޓް ދިނުމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައި ވޯޓަށް އަހައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

އެ ބައްދަލުވުމުގައި ވޯޓަށް އެހިއިރު ފަލަސްތީނާއި އެއްކޮޅަށް 386 ވޯޓު ވަނީ ލިބިފައިވާއިރު އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ފަލަސްތީނާ ދެކޮޅަށް ލިބިފައިވަނީ 15 ވޯޓެވެ.

ވޯޓަށް ފަހު ހައިދަރު ވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.