އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ސާފުކުރާ ކާރުހާނާއަށް ހަމަލާ ދީފި

މ
14 ޖޫން 2025 23:011 މިނިޓުގެ ކިޔުން
Aa

އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ސާފުކުރާ ކާރުހާނާއަށް އިޒްރޭލުން ހަމަލާދީ، ރޯކޮށްލައިފި އެވެ.

އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން އިޒްރޭލުން އިޒްރޭލުގެ ޑްރޯނަކުން މިރޭ ހަމަލާ ދީފައިވަނީ އީރާންގެ ސައުތު ޕާސް އަށެވެ.

ގަތަރާ ވެސް ހިއްސާކުރާ މި ގޭސް ސާފުކުރާ ކާރުހާނާ އިން ކޮންމެ ދުވަހަކު 700 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ސާފުކުރެ އެވެ. އެއީ އީރާނުން އުފައްދާ ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 70 ޕަސެންޓެވެ.

އެ ތަނަށް ހަމަލާ ދިނުމާ އެކު ބޮޑު ގޮވުމެއް ގޮވައި އަލިފާން ރޯވި އިރު، އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އީރާނުން ބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.