ކުޅުދުއްފުއްޓަށް ދިޔަ ފްލައިޓެއް ވައިބާރުވުމުން ނުޖެއްސި 2 ގަޑިއިރު ފަހުން އެނބުރި މާލެއަށް

މ
15 ޖޫން 2025 12:471 މިނިޓުގެ ކިޔުން
Aa

މާލެ އިން ހދ. ކުޅުދުއްފުއްޓަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް، މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސި އެނބުރި މާލެ އަތުވެއްޖެ އެވެ.

މޯލްޑިވިއަންގެ ފްލައިޓް Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގަ އެވެ. އެ ފްލައިޓް ކުޅުއްދުއްޓަށް ޖައްސަން އޮތީ 9:20 ގައެވެ.

އެ ފްލައިޓް ކުޅުދުއްފުށި ރަންވޭގައި ޖެއްސޭތޯ 30 ވަރަކަށް މިނެޓު މަތީގައި އުދުހުމަށްފަހު ނ. މާފަރު އެއާޕޯޓުގައި ޖެއްސުމަށްވެސް 40 ވަރަކަށް މިނެޓު މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ.

ނަމަވެސް އެކަން ވެސް ކާމިޔާބު ނުވުމުން އެ ފްލައިޓް އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.