242 މީހުންނާ އެކު އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

މ
12 ޖޫން 2025 14:50އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

242 މީހުންނާ އެކު އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފުލައިޓް ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީ އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެއީ ލަންޑަނަށް ދަތުރުކުރި ފުލައިޓެކެވެ.

އެ ފުލައިޓުން 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

ފުލައިޓު ވެއްޓުނު ސަރަހައްދުގައި އެމެޖެންސީ ހިދުމަތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.