މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު 10:30 އެހާކަންހާއިރު އެ މީހާ ވެއްޓުނީ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތިން ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.

އޭނާ ވެއްޓުނީ ކިތައްވަނަ ބުރިން ކަމެއް، އެއީ ކިހާ އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ. އަދި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މި ވަގުތު ފޯނަށް ޖަވާބު ނުދެއްވަތީ އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއްވެސް އަދި ސާފެއް ނުވެ އެވެ.

”ހަފްތާ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓުނު މީހަކީ އޭސީ މަސައްކަތް ކުރަން އެރި މީހެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.