ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

މ
13 ޖޫން 2025 19:201 މިނިޓުގެ ކިޔުން
Aa

ކ. މާފުށި ކައިރީގައި އޮންނަ ތިލައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޖަޕާނުގެ ޓޫރިސްޓް މީހާ މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 5:17 ހާއިރު އެ ޓޫރިސްޓު މީހާ މޫދުން ނަގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ޖަޕާނުގެ 26 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނީ މާފުށި ގެސްޓުހައުސްއެއްގެ ހަވާލުގައި ޑައިވިންއަށް ގޮސް އުޅެނިކޮށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.