މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

މ
18 ޖޫން 2025 13:061 މިނިޓުގެ ކިޔުން
Aa

ރާއްޖެ އިން މި އަހަރުގެ ހައްޖު އަޅުކަމަށް ސައުދީ އަރަބިއާއަށް ދިޔަ ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،000 މީހުން އަޅުކަމަށް ދިޔަ އެވެ. ހައްޖުވެރިން އެނބުރި އައިސްފައިވަނީ ހަތަރު ފްލައިޓެއްގައެވެ.

އެގޮތުން ފުރަތަމަ ގްރޫޕު އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ދެވަނަ ގްރޫޕް މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި އިރު، ތިން ވަނަ ގްރޫޕް އައީ މިދިޔަ ހޯމަ ދުވަހެވެ. އެންމެ ފަހު ގްރޫޕް ރާއްޖެ އައީ އިއްޔެ އެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.