މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާ މަގުން ބަހައިފި

މ
26 ޖޫން 2025 14:221 މިނިޓުގެ ކިޔުން
Aa

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައި، ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަގީރުން ކަމަށެވެ.

އޭގެ ތެރެއިން ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް މިހާރު ބަހާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ، 13.2 މިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 4،000 ރުފިޔާގެ މަގުން 12.7 މިލިއަން ރުފިޔާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުގައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.