މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މ
23 ޖޫން 2025 11:341 މިނިޓުގެ ކިޔުން
Aa

ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ ހަސަން މަމްދޫހުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް މަމްދޫހު ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަން ކުރަން ޖެހުނު ކަމަށެވެ. އެ ދުވަހު އަޑުއެހުމަށް ހާޒިރުނުވެވުނީ ބަލިވެގެން ކަމަށް ބުނެ މަމްދޫހުގެ ފަރާތުން ހުށަހެޅި ލިޔުންތައް ބަލައި ނުގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސަބަބަކީ މަމްދޫހު އެ ދުވަހު ރެސްޓޯރެންޓުތަކުންނާއި އެކި ތަންތަނުން ފެނުނު ކަމަށް ހެކިވެރިން ކޯޓަށް މައުލޫމާތު ދީފައިވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ މަމްދޫހު ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.