އީރާނަށް ނަސްރު ލިބިއްޖެކަން އިއުލާންކޮށްފި

މ
26 ޖޫން 2025 21:131 މިނިޓުގެ ކިޔުން
Aa

އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހަށް ކުރިއަށްދިޔަ ހަނގުރާމައިން ނަސްރު ލިބުނުކަން އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އިއުލާން ކުރައްވައިފި އެވެ.

ހާމަނާއީ އެކަން އިއުލާން ކުރެއްވީ އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގަ އެވެ. މިއީ އީރާން-އިޒްރޭލު ހަނގުރާމަ ހުއްޓާލި ފަހުން ހާމަނާއީ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޖޫން ނުވަވަނަ ދުވަހަށްފަހު ހާމަނާއީ އާންމުންނަށް ފެނިވަޑައިގެންނެވި ފުރަތަމަ ފަހަރުވެސް މެ އެވެ.

އުމުރުފުޅުން 86 އަހަރުގެ ހާމަނާއީ ވިދާޅުވީ މި ހަނގުރާމައިން އެމެރިކާއަށް ލިބުނު އެއްވެސް މޮޅެއް ނެތް ކަމަށެވެ. އަދި މި ހަނގުރާމައަކީ އެމެރިކާގެ މޫނުމަތީގައި ޖެހުނު ވަރުގަދަ އެތިފަހަރެއް ކަމަށްވެސް ވިދާޅުވި އެވެ.

ހާމަނާއީ އިތުރަށް ވިދާޅުވީ އެމެރިކާ އިން އީރާނަށް ބޮން އަޅައިގެން ލިބުނު ކަމަށް ބުނާ ގެއްލުންތަކުގެ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާއިރު އެއީ މިނަށްވުރެ ބޮޑުކޮށްލައިގެން ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އަދި ނިއުކްލިއާ ފެސިލިޓީތަކަށް ވެސް ފާހަގަކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.