މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު ޓޯކޮށްފި

މ
1 ޖުލައި 2025 12:161 މިނިޓުގެ ކިޔުން
Aa

މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަނީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކް ކުރާ އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފަ އެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މަޖީދީ މަގުން ދެ ފުރޮޅުލީ 216 ވެހިކަލާއި ހަތަރު ފުރޮޅުލީ 2 ވެހިކަލެއް ވަނީ ޓޯކޮށްފަ އެވެ. ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ ތަކުރާރުކޮށް މަޖިދީ މަގުގައި ޕާކުކުރި އުޅަނދެއް ވެސް ޓޯކޮށްފަ އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުން ޓޯކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދުގެ އަދަދި 164 އަރާ ކަމަށް ތަފާސްހިސާބުގައިވެ އެވެ. ހަތަރު ފުރޮޅުލީ 38 ވެހިކަލެއްގެ އިތުރުން އެ ސަރަހައްދުގައި ތަކުރާރުކޮޑް ޕާކް ކުރަމުން ދިޔަ އެއް އުޅަނދު ޓޯކޮށްފައިވާ ކަމަށް ތަފާސް ހިސާބުގައިވެ އެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.