ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް

މ
1 ޖުލައި 2025 20:071 މިނިޓުގެ ކިޔުން
Aa

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)، މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފި އެވެ.

ފެނަކައިގެ ޑީއެމްޑީގެ މަގާމަށް ރުކުމާ އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭގަ އެވެ. ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ވެމްކޯގެ ޑީއެމްޑީގެ މަގާމުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރުކުމާ ވަނީ ފެނަކައިގެ ޑީއެމްޑީގެ މަގާމުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މޯލްޑިވް ގޭހުގެ ޑީއެމްޑީގެ މަގާމާ ހަވާލުވުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.