ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް

މ
2 ޖުލައި 2025 14:251 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ބެޑްނައިޓްސް، ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި ހޭދަކުރަނީ 6.8 ދުވަހެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން 7.7 ދުވަސް ހޭދަކުރި ކަމަށް ތަފާސްހިސާބުގައިވެ އެވެ.

މި އަހަރުގެ މޭ މަހު ރިސޯޓުތަކުގެ ބެޑްނައިޓްސް ވަނީ ދަށަށް ގޮސްފަ އެވެ.

ނަމަވެސް ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް މި މުއްދަތުގައި ވަނީ އިތުރުވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.