މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި

މ
25 ޖޫން 2025 11:061 މިނިޓުގެ ކިޔުން
Aa

މިނިބވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 މި ފަހަރު ދިމާވަނީ ހޮނިހިރު ދުވަހާކާ އެވެ. އެހެންވެ އެ ދުވަހުގެ މުނާސަބަތުގައި ބަންދު ދުވަހެއްގެ ގޮތުގައި ލިބެނީ ކަލަންޑަރުގައިވާ ގޮތުން 27 ވާ އާދިއްތަ ދުވަސް އެކަންޏެވެ.

ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ ފަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ކަމަށް ވާތީ އިތުރު ކަންކަން ކުރިއަށް ގެންދާތީ ޖުލައި 28 ވާ ހޯމަ ދުވަސް ވެސް ބަންދުކުރަން ރައީސް ނިންމެވީ ކަމަށެވެ.

އެ ނިންމުމާއެކު މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރު ހަތަރު ދުވަހަށް ބަންދުވާނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.