ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި، މީހަކު ނިޔާވެއްޖެ

މ
25 ޖޫން 2025 13:481 މިނިޓުގެ ކިޔުން
Aa

ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި ކަނޑުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލިއިރު އޭގެން ދަތުރު ކުރި މީހުން ސަަލާމަތްކޮށްގެން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރަށެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަަކު ”ހަފްތާ“އަށް މައުލޫމާތު ދެމުން ވިދާޅުވީ ފަސް މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށެވެ.

ނިޔާވެފައިވަނީ ދިވެހި ފިރިހެނަކު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ފަސް މީހަކު ގެންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި ތިން ދިވެހިން ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.