ފުލެޓް ލިބިފައިވާ ކަމަށް ބުނެ ހިންގި 500،000 ރުފިޔާގެ ސްކޭމްއާ ގުޅިގެން މީހަކު ހައްޔަރަށް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން 500،000ރ. ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ހުށަހެޅި އެ މައްސަލާގައި އެ ސްކޭމް ހިންގާފައިވަނީ ފްލެޓް ލިބިފައިވާ ކަމަށް ބުނެ ގުޅައި، އޮޅުވާލައިގެން އޭނާގެ އޯޓީޕީ ހޯދައިގެންނެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އެ ސްކޭމްއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ. އެ ފަހަރު މީހެއްގެ އަތުން އަތުލީ 200،000ރ. އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން ވަނީ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި އެފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވެ ފައިސާއަށް ރައްކާތެރިވާން އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.