ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި

މ
30 ޖޫން 2025 11:211 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، އެ ދެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ.

މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ”ވީއައ.ޕީ އޯކިޑްސް“ ކަލެކްޝަންގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގަހަށް ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައި ކަމަށެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރު ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ޒިޔާރަތުގައި ގާޑަންގެ ތާރީހީ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ހިއްސާކުރައްވައި ގާޑަންގެ އެކިތަންތަން ވަނީ ދައްކަވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީހުގައި ހިނގަމުން އަންނަ ސަގާފަތަކެވެ.

ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ގައުމުތަކުގެ ވެރިންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.