އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ ވާނެ

މ
4 ޖުލައި 2025 21:121 މިނިޓުގެ ކިޔުން
Aa

އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާބޭންކް ބޭނުންކުރުން މަނާ ވާނެ ކަމަށް އައިލެންޑް އެވިއޭޝަންސް ސާވިސަސްއިން ބުނެފި އެވެ.

އައިލެންޑް އެވިއޭޝަނުން މިއަދު ބުނީ ޕަވަ ބޭންކުތައް އުފުލުމުގައި ހުރި ސަލާމަތީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަން އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ޕަވަ ބޭންކު ފުލައިޓު ތެރޭގައި ބޭނުންކުރީ ޕަސިންޖަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

އައިލެންޑް އެވިއޭޝަނުން ބުނީ ފުލައިޓުގައި ގެންދެވޭނީވެސް 100 ވޮޓްއަށްވުރެ މަތިނޫން ޕަވަ ބޭންކުތައް އެކަނި ކަމަށެވެ. އަދި ދަތުރުކުރަމުންދާއިރު، ޕަވާ ބޭންކު ބޭނުންކޮށްގެން އެއްވެސް ވަސީލަތެއް ޗާޖުކުރުން ނުވަތަ ޕަވާ ބޭންކު ޗާޖުކުރުން ވެސް މަނާވާނެ ކަމަށެވެ.

މިއަންނަ އާދިއްތަ ދުވަހުން ފެށިގެން އެކަންކަން ތަންފީޒު ކުރަން ފަށާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.