ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

މ
6 ޖުލައި 2025 12:301 މިނިޓުގެ ކިޔުން
Aa

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޔަހްޔާ ހަސަން އަލްގަހްތަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔަހްޔާ ހަސަން އަލްގަހްތަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވިއިރު، އެ ރަސްމިއްޔާތުގައި ރާއްޖެއާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސައުދީން ރަާއްޖެއަށް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެ، މައްކާ ރޫޓް އިނިޝިއޭޓުގައި ހިމަނައިދީފައިވާތީ ވެސް ރައީސް މުއިއްޒު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.