ރައީސްގެ ޕޮޑްކާސްޓުތައް މަޑުޖެހިއްޖެ، މިދިޔަ މަހު އެއްވެސް އެޕިސޯޑެއް ނުދައްކާ

މ
6 ޖުލައި 2025 13:111 މިނިޓުގެ ކިޔުން
Aa

ރައީސް އޮފީހުން ކޮންމެ ހަފުތާއަކު އެއް ދުވަހު ގެންދޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓް މިދިޔަ މަހު އެއްވެސް ހަފުތާއެއްގެ ނުގެނެސް، އެ ޕޮޑްކާސްްޓް ގެނައުން މަޑުޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ރައީސް އޮފީހުގެ ޔޫޓިއުބް ޗެލަން މެދުވެރިކޮށް ގެނެންދޭ އެ ޕޮޑްކާސްޓުގެ އެޕިސޯޑެއް އެންމެ ފަހުން ދައްކާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހުގަ އެވެ.

އެފަހުން މިދިޔަ ޖޫން މަސް ނިމިގެންދިޔައި ޕޮޑްކާސްޓުގެ އެންމެ އެޕިސޯޑެއް ވެސް ދައްކައިފައިނުވެ އެވެ.

ރައީސް އޮފީހުން މިހާތަނަށް ވަނީ އެ ޕޮޑްކާސްޓުގެ ހަތް އެޕިސޯޑެއް ދައްކައިފަ އެވެ. އެއީ މާޗު މަހު ގެނެސްދިން ދެ އެޕިސޯޑާއި އެޕްރީލް މަހު ގެނެސްދިން ތިން އެޕިސޯޑެއްގެ އިތުރުން މެއި މަހު ގެނެސްދިން ތިން އެޕިސޯޑެކެވެ.

ޕޮޑްކާސްޓް ގެނައުން ހުއްޓުނީތޯ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާ ނޫސްވެރިން ކުރެއްވި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.