ދިލްބަހާރު މަގުން 31 ބިދޭސީއަކު އަތުލައިގެންފި

މ
10 ޖުލައި 2025 11:081 މިނިޓުގެ ކިޔުން
Aa

ގަވާއިދާހިލާދާ އުޅެމުންދާ ބިދޭސީން ހޯދުމުގެ ގޮތުން އިމިގްރޭޝަންއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިލްބަހާރު މަގުން 31 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ބިދޭސީންނަކީ ގަވާއިދާހިލާފަށް ވިޔަފާރިކޮށް، އެކިއެކި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ކަމަށެވެ.

އެ ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ އޮޕަރޭޝަން އިމިގްރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.