ސިއްރު ބައްދަލުވުމުގައި އޭސީސީން އެދުނީ ބަޖެޓް ކޮށްދިނުމަށް

މ
10 ޖުލައި 2025 14:561 މިނިޓުގެ ކިޔުން
Aa

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ކަނޑައަޅައިފައިވާ ބަޖެޓް ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ. ނަމަވެސް، އެ ކޮމިޝަންގެ އެެދުމުގެ މަތިން ކޮމެޓީ ވަނީ ސިއްރު ކޮށްފަ އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު “ހަފްތާ” އަށް ވިދާޅުވީ މިހާރު ލިބޭ ބަޖެޓުން އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ނުކުރެވޭކަން އޭސީސީން ފާހަގަކުރި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދަން އާ އޮފީހެއް ގާއިމުކުރަން ވެސް ބޭނުންވާކަން އޭސީސީން ފާހަގަކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.