ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވެއްޖެ

މ
10 ޖުލައި 2025 20:22އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެންސިސްގެ ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލުކުރެވިފައިވަނީ މިރޭ 10:45 ހާއިރުއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.