ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

މ
16 ޖުލައި 2025 09:581 މިނިޓުގެ ކިޔުން
Aa

މާލެއިން ގެއްލުނު މީހާ އަދި ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ ގ. ގަނެޓް، ހަސަން ޔާމީން (30 އ) އެވެ.

ހަސަން ޔާމީން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގ. ގާނެޓް، ހަސަން ޔާމީން ހޯދަން ފުލުހުން އިއުލާންކުރީ ރޭގެ 11:15 ހާއިރު އެވެ.

ފުލުހުން ބުނީ މިއަދުގެ ހެނދުނާ ހަމައަށް ވެސް އޭނާ ނުފެންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.