އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި

މ
16 ޖުލައި 2025 12:511 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށް އެކަން ގެޒެޓުކޮށްފި އެވެ.

ސީއެސްސީން އިއްޔެ ވަނީ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފައެވެ.

ސީއެސްސީން ގަވާއިދަށް ގެނައި އެ އިސްލާހުގައިވާ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރެވެ.

ގަވާއިދުގައިވާ ގޮތުން ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނެ ގޮތަށް މަސައްކަތު ވަގުތު ހަމަޖެެއްސިދާނެ އެވެ.

ގަވާއިދު އިސްލާހުކުރުމުގެ ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު 8 ގަޑިއިރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.