ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!

މ
7 ޖުލައި 2025 22:361 މިނިޓުގެ ކިޔުން
Aa

ވަގަށް ނަގާފައިވާ 69 ސައިކަލަކާއި 29 ފޯނެއް ފުލުހުންގެ މަސައްކަތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ހޯދައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފުލުހުންގެ މަސައްކަތުން ހޯދި 69 ސައިކަލުގެ ޖުމުލަ އަގަކީ 3،303،429 (3.3 މިލިއަން) ރުފިޔާއެވެ. އަދި ފުލުހުން ހޯދި 29 ފޯނުގެ ޖުމުލަ އަގަކީ 202،375 ރުފިޔާއެވެ

ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ ޖޫން މަހުގެ ފައިސާއާ ގުޅުންހުރި 26 މައްސަލައެއްގައި 406،098 ރުފިޔާ ހޯދައިފައެވެ. ކަރަންޓު ސާމާނު ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއްގައި 80،000 ރުފިޔާގެ ކަރަންޓު ސަމާނު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެނިހެން 61 މައްސަލައެއްގައި 110،263 ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.