ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

މ
8 ޖުލައި 2025 08:571 މިނިޓުގެ ކިޔުން
Aa

ރަޝިއާގެ ރައީސް ލަޑްމިއާ ޕުޓިން މަގާމުން ވަކިކުރި އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ރޯމަން ސްޓަރޮވޮއިޓް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ޕުޓިން, އޭނާ މަގާމުން ވަކިކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ މަގާމުން ވަކިކުރި އެއްވެސް ސަބަބެއް ޕުޓިން ވިދާޅުވެފައެއް ނުވެ އެވެ. އޭނާ މަގާމުން ވަކިކުރިތާ އިރުކޮޅެއް ތެރޭ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި އެންޑްރެއި ނިކިޓިން ވަނީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ރަޝިއަގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނީ, ސްޓަރޮވޮއިޓް މަރުވެފައިވަނީ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން ކަށަވަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

ރަޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް ސްޓަރޮވޮއިޓް އައްޔަން ކުރީ މެއި 2024ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އޮގަސްޓް 2024 ގައި ޔޫކްރެއިންގެ ސިފައިން ދިން ކުއްލި ހަމަލާއެއްގައި އެއްބައި ހިފާފައި އޮތް ކާސްކްގެ ގަވަރުނަރުކަން ހަ އަހަރުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.