އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ޖަލަށް

މ
8 ޖުލައި 2025 10:081 މިނިޓުގެ ކިޔުން
Aa

އޮލިވް ގާޑެން ރެސްޓޯރެންޓަށް ފޭކު ޓްރާންސާ ސްލިޕު ދައްކައިގެން 115،000 ރުފިޔާއަށްވާ ވަރަށް ކާއެއްޗެހި އޯޑަރު ކުރި މީހަކު ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ލައިފައިވަނީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނީ 22 އޮގަސްޓު 2019އިން ފެށިގެން 25 އޮކްޓޫވަރު 2021ވަަ ދުވަހާ ހަމައަށް، އެކި ދުވަސްމަތިން ފޭކު ސްލިޕު ދައްކައިގެން އޭނާ ކާއެއްޗެހި އޯޑަރުކުރި ކަމަށެވެ. އޭނާ ފައިސާ ދައްކާފައި ހުރީ އަސްލު ބިލުގައިވާ އަދަދަށްވުރެ މަދުން ކަމަށާއި، އެކަމަކު ބިލުގައިވާ އަދަދުގެ ފޭކު ޓްރާންސާ ސްލިޕު ހަދައިގެން ވައިބާ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. އެއީ، މަކަރަކާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ދައުވާއަށް އަބްދުﷲ ފަޒީލްވަނީ އިއުތިރާފުވެފައެވެ.

ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާގެ މައްޗަށް ކޯޓުން އިއްވީ އެއް އަހަރާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން ހަ މަހާއި 11 ދުވަސް ގޭބަންދު އަދަބަށް ވަނީ ބަދަލުކޮށްފަ އެވެ. ހަ މަހުގެ ޖަލު އަދަބުގެ އިތުރުން، އިތުރު އެއް އަހަރާއި 22 ދުވަހުގެ މުއްދަތަކަށް އޭނާ ގޭބަންދު ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

އަދި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގައި ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.