ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި

މ
8 ޖުލައި 2025 13:00އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުގެ ފާހަނައިގެ ކުޑަދޮރުން ފިލަން މަސައްކަތްކޮށްފި އެވެ.

ފުލުހުން ބުނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޮބްޒަވޭޝަންގައި ބޭއްވުމަށް ނިންމި ކަމަށެބެ. ފުލުހުން ބުނީ ބަންދުގައި ހުރި މީހާ އޮބްޒަވޭޝަންގައި ބާއްވާފައި އޮއްވާ ހޮސްޕިޓަލުގެ ފާހާނާއަށް ވަދެ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ފުލުހުން ވަނީ އެ މީހާ އަތުލައިގެންފައި ކަމަށް ފުލުހުން ބުންޏެވެ.

އެއީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.