ވެލިދޫގައި ސީޕްލޭންގެ ހިދުމަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަނީ

މ
24 ޖުލައި 2025 14:451 މިނިޓުގެ ކިޔުން
Aa

ނ. ވެލިދޫގައި ސީ ޕްލޭންގެ ހިދުމަތް މިއަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ރޭ ވެލިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދި ނަމަވެސް ވެލިދު އަށް ހާއްސަކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހަދައި، އެ ހިދުމަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށެވެ.

އަދި އިތުރަށް އެ މަނިކުފާނު ވިދާޅުވީ ވެލިދޫގައި ސްޓޭޝަން ކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ހިދުމަތް ވެސް ޖެނުއަރީ މަހު ފަށާނެ ކަމަށެވެ.

އޭގެ އިތުރުން ވެސް ވެލިދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.